ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ކޮރިޑޯގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި މަދަރުސާގެ ބައެއް ކުލާސްރޫމްތަކުގެ ކޮރިޑޯގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:15 ގައި މި މަދަރުސާގައި އޮންނަ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެ ބައްދަލުވުން ނިމުމުގެ ކުރިން އެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:15 އަށް މި ސްކޫލަށް ބިޑު ހުށަހެޅުން އެދެމެވެ. ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 11:30 އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

    ތަފުސީލު

ފޯމިއުލަރ

އަގު

65%

ހުށަހެޅިފައިވާ އެންމެ ކުޑަ އަގު

އަންދާސީހިސާބު ހުށަހެޅި އެންމެކުޑައަގު /ހުށަހެޅި އަގު

ތަޖުރިބާ

5%

ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު

މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް/ ޕޮއިންޓް ދޭނީ ގިނަވެގެން 3 މަސައްކަތަށް

މުއްދަތު

25%

މަސައްކަތްކުރުމުގެ އެންމެ ކުރު މުއްދަތު

އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު

ޤާބިލުކަން

5%

ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓުމަންޓާއި ބޭންކް ގެރެންޓީ، ކުރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް

 

‏23‏ މުޙައްރަމް‏ 1438

24 އޮކްޓޫބަރު 2016
ހޯދާ