ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށް ބިމެއް ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ދ.ހުޅުދެލިން ބިމެއް ކުއްޔަށް ދިނުމާބެހޭ

ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ބިން

ތެޔޮވިއްކުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން:

ހުޅުދެލީ ލޭންޑްޔޫސް ޕްލޭންގެ 11.2 އިން ފާހަގަކުރެވިފައިވާ ތެޔޮވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިން.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

25 އަހަރު

ޕްރީބިޑް މީޓިންގ ބާއްވާ ތާރީޚާއި ގަޑިއާއި ތަން:

2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހު 10:00 ގައި ހުޅުދެލީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމުގައި.

ބިޑް ހުށަހަޅަންވީ ތާރީޚާއި ގަޑިއާއި ތަން:

2016 ނޮވެންބަރު 15 ވާ އަންގާރަ ދުވަހު 10:00 ގައި ހުޅުދެލީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމުގައި.

ބިޑާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

 

 

 

 

1- ބިޑް ފޯމު ފުރިހަމަކޮށް ހުށަހަޅާއިރު ޕްރޮޕޯސަލާއި ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކްސްޓޭޓްމަންޓެއް ހުށަހަޅަންވާނެއެވެ.

2- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓަރީގެ ކޮޕީ.

3- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެ ފަހުން އަހަރީ ފީ ދެއްކި ރަސީދުގެ ކޮޕީ.

4- ވަކި ފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރާނަމަ، އެކަން އެނގޭނެ ލިޔުން.

6- ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑުފޯމުގައި ސޮއިކޮށް ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި، ފޯމު ހުށަހެޅުން.

އިތުރު މަޢުލޫމާތު:

  1. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ފިންގަރޕްރިންޓް ޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ.
  2. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.  އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
  3. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކޮންކަމަކާ ގުޅޭ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

މީގެ ކުރިން މިކަމާ ގުޅިގެން މި އިދާރާއިން 2016 ސެޕްޓެންބަރު 22 ގައި ކޮށްފައިވާ ނަންބަރު (IUL)378/2016/39 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

20 އޮކްޓޫބަރު 2016
ހޯދާ