މާއުނގޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގެ ނަންބަރު C14-SM/IUL/2016/01 ގެ އިޢުލާނުގައި އިދާރީ މައްސަލަތަކެއް ހުރުމާއެކު، އެ އިޢުލާން ބާޠިލުކޮށް، އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު /ށ. މާއުނގޫދޫ

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން:

ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުމާއި، ހިންގަވަން ހުންނެވި ފަރާތެއް ލައްވައި ސޮއިކުރުވުން.

2. މުއްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާއި، މުވައްޒަފުންނާ ގުޅޭ އެކިއެކި ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3. މަރުކަޒަށް ލިބޭ ތަކެތި އެންޓަރކުރުމާއި، އެތަކެތި ހަވާލުވާ ސެކްޝަނަކަށް ފޮނުވުން.

4. ނިމޭ މައްސަލަތައް ފައިލްކުރުމާއި، މަޢުލޫމާތުތައް ބެލެހެއްޓުމާއި، އެއްކުރުން.

5. އާމްދަނީ ފައިސާ ބަލައިގަތުމާއި، ރިޕޯޓްތައް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ ތާރީޚުތަކުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

6. ފައިސާއާބެހޭ އެކިއެކި މަސައްކަތް ކުރުން.

7. ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅަކު ޗުއްޓީ ނެންގެވުމުން، އެ މަސައްކަތްތަކާ ހަވާލުވެ، އެ މަސައްކަތްތައް ގަވާއިދުން ކުރަމުން ގެންދިއުން.

8. ބަންދުގަޑީގައި ދިމާވާ އިމަޖެންސީ ކަންކަމުގައި، ހިންގަވަން ހުންނަވާ ފަރާތަށް އެހީތެރިވެދިނުން.

9. އިދާރީގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

1. ހިއުމަން ރިސޯސް މެނޭޖުމަންޓް، ހެލްތު ސަރވިސް މެނޭޖުމަންޓް، މެނޭޖުމަންޓް، ބިޒްނަސް މެނޭޖުމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަންސް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް،  އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖުމަންޓް، ހެލްތު ސަރވިސް މެނޭޖުމަންޓް، މެނޭޖުމަންޓް، ބިޒްނަސް މެނޭޖުމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަންސް، ޓްރޭނިންގ އެންޑް ޑިވެލޮމްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި، އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން  ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ރިސްކް އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ރަސްމީގަޑިތަކުގައި މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭނެ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، ށ. މާއުނގޫދޫ  ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށް ހުށަހަޅަންވާނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6540592 އެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ