މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ވެބްސައިޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ވެބްސައިޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން:

މި އޮތޯރިޓީގެ ވެބްސައިޓު އަލުން ފަރުމާކުރުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ އެކަމަށް އެދި "ބިޑަރ ރެޖިސްޓްރޭޝަން ފޯމު" ފުރިހަމަކުރައްވައި 2016 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ރަޖިސްޓަރީކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓަރީނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ދަންނަވަމެވެ. ބިޑަރ ރެޖިސްޓްރޭޝަން ފޯމާއި، މި މަސައްކަތާގުޅޭ ޓަރމްސް އޮފް ރިފަރެންސް މި އިދާރާގެ ވެބްސައިޓު http://www.energy.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 12:00 ގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގައި މި މަސައްކަތަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ބީލަންތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ލިބިގެންވެއެވެ. ފުރިހަމަކުރުމަށްފަހު ބީލަން ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ވެބްސައިޓު ފަރުމާކުރުމުގެ މަސައްކަތް"
(IUL)151-CSS/1/2016/17 
27 އޮކްޓޫބަރު 2016، 12:00
ޕްރޮކިއުމަންޓް ޔުނިޓު،
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

17 އޮކްޓޫބަރު 2016
ހޯދާ