މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑޭޓާ ޕޮރޮސެސިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑޭޓާ ޕޮރޮސެސިންގ އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 15 އޮގަސްޓު 2016 ގައި ކުރެވުނު (IUL)425-C1/1/2016/13 ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ޑޭޓާ ޕޮރޮސެސިންގ އޮފިސަރ

މަޤާމް ނަންބަރު:

J-215971

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ކޯޕަރޭޓް މެނޭޖްމަންޓް / އައި.ސީ.ޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:      

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލެވެންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)   

މަޤާމުގެ ޝަރުޠު:

1- އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރައެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފާވުން. ނުވަތަ؛

3- އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު އޮފީހުގެ މަސައްކަތް އަވަސްކޮށް ފަސޭހަކުރުމަށްޓަކައި ހިންގަންޖެހޭ  އޮފީސް އޮޓޮމޭޝަން ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން.

2. އޮފީހުގެ ސާރވަރ އަޕްޑޭޓްކޮށް މެއިންޓެއިންކުރުން.

3. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި އިތުރު ކޮމްޕިޔުޓަރތަކަށް ނެޓްވަރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.

4. އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސްދިނުމާއި ސެކިޔުރިޓީ ބެލެހެއްޓުން.

5. އޮފީހުގެ ކޮމްޕިޔުޓަރ ސިސްޓަމްތަކަށް ޖެހޭ މައްސަލަތައް ޙައްލުކޮށް މެއިންޓެއިންކުރުމުގެ ކަންތައްތައް ކުރުން.

6. އޮފީހުގެ އިންޓްރާނެޓާއި އިންޓަރނެޓް މެއިންޓެއިންކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

7. އެން.ސީ.އައި.ޓީ ގެ ފޯކަލް ޕޮއިންޓެއްގެގޮތުގައި އީ ގަވަރމަންޓާއި އީ އެޑްމިންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުން.

8. މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދައި ބެލެހެއްޓުން.

9. އޮފީހުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޢުލީމް ހާސިލުކޮށް، މަސައްކަތުގެ ދައިރާގައި ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

އުޖޫރައާއި ޢިނާޔަތްތައް:   

 

ސިވިލް ސަރވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓެއް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން:

2016 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ހުރަވީ ބިލްޑިންގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.  

އިންޓަވިއު އޮންނަ ދުވަހާއި ތަން:

 

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް، 2016 އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅާނެއެވެ. އިންޓަވިއު ކުރިޔަށްދާނީ، މާފަންނުގައި ހުންނަ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އިންޓަވިއުކުރުމަށް ގުޅާނީ، މެރިޓް އުސޫލުން ބަލައިގެން ޝޯޓްލިސްޓް ކުރުމަށްފަހު، 5 ފަރާތަށެވެ. 

- މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 7989840 ނަންބަރު ފޯނަށް، ނުވަތަ 3306727 ނަންބަރު ފޯނަށެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ