ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. ކްލާސްރޫމް ބްލޮކްތަކަށް ބޯފެން ފޯރުކޮށްދިނުން.
  2. ސައިންސްގެ އެކްސްޕެރިމެންޓްތައް ހަދަން ބޭނުންކުރާ ކްލާސްރޫމުގައި ސިންކެއް ބަހައްޓައި ފެންވައިރުކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ލައިބުރަރީގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 11:30

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 11:30

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.   

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

09 އޮކްޓޫބަރު 2016
ހޯދާ