ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށްދިނުން

އިޢުލާން

ދ. ހުޅުދެލިން ބިމެއް ކުއްޔަށް ދިނުމާ ބެހޭ:

ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ބިން

ތެޔޮވިއްކުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން:

ހުޅުދެލީ ލޭންޑްޔޫސް ޕްލޭންގެ 11.2 އިން ފާހަގަކުރެވިފައިވާ ތެޔޮވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިން.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

25 އަހަރު

ޕްރީބިޑް މީޓިންގ ބާއްވާ ތާރީޚާއި ގަޑިއާއި ތަން:

2016 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ 20:30 ގައި ހުޅުދެލީ ޕްރީސްކޫލުގައި.

ބިޑް ހުށަހަޅަންވީ ތާރީޚާއި ގަޑިއާއި ތަން:

2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 20:30 ގައި ހުޅުދެލީ ޕްރީސްކޫލުގައި.

ބިޑާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

 

 

 

 

1- ބިޑް ސެކިއުރިޓީ ގޮތުގައި -/50،000 (ފަންސާސްހާސް) ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 60 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ.

2- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓަރީގެ ކޮޕީ.

3- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެ ފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.

4- ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- އެއްވެސް ކަހަލަ ވިޔަފާރިއެއްކުރާނަމަ، އެކަން އެނގޭނެ ލިޔުން.

6- ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑްފޯމުގައި ސޮއިކޮށް ކުންފުނީގެ ތައްގަނޑުޖަހާފައި ފޯމު ހުށަހެޅުން.

 


އިތުރު މަޢުލޫމާތު:

  1. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ވެރިފަރާތުގެ ފިންގަރޕްރިންޓް ޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ.
  2. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
  3. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކޮންކަމަކާ ގުޅޭ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މި އިދާރާއިން 16 އޮގަސްޓު 2016 ގައި ނެރެފައިވާ ނަންބަރު (IUL)378/378/2016/37 އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

20 ސެޕްޓެންބަރު 2016
ހޯދާ