އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
1414 އިން ޚިދުމަތްދޭ ގަޑި އިތުރުކުރުން

2013 ސެޕްޓެންބަރު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން، އާންމު ފަރާތްތަކުން ސާފުކުރަން ބޭނުންވާ މަޢުލޫމާތު މި ކޮމިޝަންގެ ހިލޭ ގުޅޭ ނަންބަރު 1414 ން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިހާތަނަށްވާނީ ފޯރުކޮށް ދެވިފައެވެ.  ނަމަވެސް އިންތިޚާބުގެ ދުވަސް ގާތްވެ، މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކުގެ އަދަދު އިތުރުވުމާ ގުޅިގެން 1414 އިން ދެމުންގެންދިޔަ ޚިދުމަތް ރިޔާސީ އިންތިޚާބު ނިމެންދެން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ފެށިގެން 00:00 އަށް ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާތީ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޝައްވާލް 1434

25 އޮގަސްޓް 2013
ހޯދާ