ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2013 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އީސޯލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން

2013 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އީސޯލް އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2013 ސެޕްޓެންބަރު 1 އިން ފެށިގެން 2013 އޮކްޓޫބަރު 1 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފުސީލު މިޑިޕާޓްމަންޓުން ލިބެންހުންނާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1430 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

19 ޝައްވާލް 1434

26 އޮގަސްޓް 2013
ހޯދާ