މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ހުއްދައަށް އެދި މި އިދާރާއަށް ހުށަހެޅުމާ ބެހޭ

1 ސެޕްޓެންބަރު 2013 އިން ފެށިގެން، ޢިމާރާތްކުރުމުގެ ހުއްދައަށް އެދި މި އިދާރާއަށް ހުށަހަޅަންވާނީ، ޢިމާރާތުގެ ކުރެހުމާއި އެއާ ގުޅޭ ލިޔެކިއުންތައް، މި އިދާރާ އިން އެކްރެޑިޓްކޮށްފައިވާ އާކިޓެކްޓަކު ޗެކުކުރުމަށްފަހުގައެވެ. ތިރީގައި މިވަނީ، އެ ފަރާތުން ޗެކުކުރުމަށްފަހު، ޢިމާރާތްކުރުމުގެ ހުއްދައަށް އެދި މި އިދާރާ އަށް ހުށަހަޅާ ތަކެތީގެ ތެރޭގައި ހިމަނަންޖެހޭ އިތުރު ތަކެއްޗާއި، އޭގައި ފުރިހަމަވާންޖެހޭ ކަންތައްތަކެވެ.

1. ޢިމާރާތުގެ ފަރުމާގައި ހިމެނޭ ހުރިހައި ކުރެހުންތަކާއި ލިޔެކިއުންތަކުގެ ސޮފްޓޮ ކޮޕީ:

މިތަކެތި ހުށަހަޅާނީ، ޕީޑީއެފް ފޯމެޓަށެވެ. މިތަކެތި ހުށަހަޅާނީ ކުރެހުންތަކާއި، ލިޔެކިއުންތައް ވަކިންނެވެ. ކުރެހުންތައް، ވަކި ފައިލެއްގައި، ލިޔެކިއުންތައް ވަކި ފައިލެއްގައި (ޖުމުލަ ދެ ފައިލު) ހުށަހެޅިދާނެ އެވެ.

2. އަކަމީޓަރަކަށް -/2 ރ. (ދެ ރުފިޔާ) ގެ ރޭޓުން، ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ ހިސާބު:

މި ފައިސާގެ ހިސާބު ހެދުމުގައި ފްލޯރ އޭރިޔާ ކަނޑައަޅާނީ މި އިދާރާ އިން ދޭ ނަމޫނާއާ އެއްގޮތަށެވެ.

3. ޗެކްކުރިއިރު، ގަވާއިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އަންގާފައިވާ އެންގުންތައް:

މިއީ، ޢިމާރާތުގެ ފަރުމާ އާއި، އެއާ ގުޅޭ ލިޔެކިއުންތައް ގަވާއިދާ އެއްގޮތަށް އިޞްލާޙުކުރަން ޖެހިއްޖެނަމަ، އެކަން ބަޔާންކޮށް އަންގާ އެންގުންތަކެވެ.

4. ސައިޓް ރިޕޯޓް:

މި ރިޕޯޓް ހަދާނީ، މި އިދާރާ އިން ދޭ ނަމޫނާގައި ވާ މަޢުލޫމާތު ހިމެނޭ ގޮތަށެވެ.

5. އާކިޓެކްޓް ޗެކްކުރުން:

ހުށަހަޅާ ހުރިހައި ކުރެހުންތަކާއި، ލިޔެކިއުންތައް، އެކްރެޑިޓްކޮށްފައިވާ އާކިޓެކްޓަކު ޗެކްކޮށް އެތަކެތީގައި އޭނާގެ ސިއްކަ ޖަހައި، އޭގެ މަތީގައި އޭނާ ސޮއިކުރަންވާނެއެވެ.

6. އެންޖިނިއަރ ޗެކްކުރުން:

ހުށަހަޅާ ހުރިހައި ސްޓްރަކްޗަރަލް ކުރެހުންތަކާއި، ލިޔެކިއުންތަކާއި، އެއާ ގުޅޭ އެހެނިހެން ތަކެތި ޗެކްކޮށް އެކްރެޑިޓެޑް ޕްރޮފެޝަނަލް އެންޖިނިއަރަކު އެތަކެތީގައި ސިއްކަ ޖަހައި، އޭގެ މަތީގައި އޭނާ ސޮއިކުރަންވާނެއެވެ.

7. ކުރެހުމުގެ މިންތައް:

ކުރެހުންތަކުގެ މިންތައް ހުންނަންވާނީ އޭރިޔާތައް އެނގޭނެހެން ރަނގަޅަށް ޖަހާފައެވެ.

8. ފަންގިފިލާތަކުގެ އޭރިޔާ:

ޢިމާރާތުގެ ހުރިހާ ފަންގިފިލައެއްގެ އޭރިޔާ، ޓޭބަލެއްގައި ފަންގިފިލާތައް ވަކިވަކިން ބަޔާންކުރަންވާނެއެވެ.

9. ޓައިޓަލް ބްލޮކް:

ހުށަހަޅާ ކުރެހުންތަކުގެ ޓައިޓަލް ބްލޮކް ގައި، ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

(ހ) ޕްރޮޖެކްޓްގެ ނަން:

ގޯތީގެ ނުވަތަ ތަނުގެ ނަމުގެ އިތުރުން، އަވަށާއި، މަގާއި، ރަށުގެ ނަން ހިމަނަންވާނެއެވެ.

(ށ) ޕްރޮޖެކްޓް ނަންބަރު:

ޕްރޮޖެކްޓް ނަންބަރުގައި، ޑިޒައިންކުރިފަރާތުގެ ނަމުން މަދުވެގެން ތިން އަކުރާއި، ތާރީޚާއި، ތަރުތީބު ނަންބަރު ހިމަނަންވާނެއެވެ.

(ނ) ވެރިފަރާތުގެ ނަން:

މިއީ، ރަޖިސްޓަރީގައިވާ ވެރިފަރާތުގެ ނަމެވެ.

(ރ) ކޮންޓެންޓް:

ކޮންމެ ޞަފުޙާއްގައިވާ ކޮންޓެންޓް ހިމަނަންވާނެއެވެ.

(ބ) ޞަފުޙާ ނަންބަރު:

ކުރެހުން ސެޓް ގައިވާ ހުރިހައި ޞަފުޙާތަކެއްގައި ނަންބަރު (ޑްރޮވިންގ ނަންބަރު) ޖަހަންވާނެއެވެ.

(ޅ) އާކިޓެކްޓް:

ޢިމާރާތް ފަރުމާކުރި އާކިޓެކްޓް ގެ ނަން ހިމަނަންވާނެއެވެ.

(ކ) ސިވިލް އެންޖިނިއަރ:

ޢިމާރާތުގެ ސްޓްރަކްޗަރ ފަރުމާކުރި ސިވިލް އެންޖިނިއަރ ގެ ނަން ހިމަނަންވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

18 ޝައްވާލް 1434

25 އޮގަސްޓް 2013
ހޯދާ