ގުރައިދޫ ޞިއްޙީ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމު:

ރޭންކް: MS 1

މަޤާމުގެ ގިންތި:  ދާއިމީ 

01

ބޭނުންވާ އަދަދު:   

ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މަހަކު -/5610 ރުފިޔާ

މުސާރަ:

މަހަކު -/2000 ރުފިޔާ

ސަރވިސް އެލަވަންސް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

ރިސްކް އެލަވަންސް:

އެޑްމިން ސެކްޝަން

ޑިވިޝަން/ ސެކްޝަން:

ކ. ގުރައިދޫ ޞިއްޙީމަރުކަޒު

މަޤާމު އޮތްތަން:

ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު އިނާޔަތްތައް:

1- ހެލްތު މާސްޓަރ ޕްލޭނާއި، މިނިސްޓްރީގެ ސްޓެރެޓީޖިކް ޕްލޭނުގެ މައްޗަށް ޞިއްޙީމަރުކަޒުގެ ޢަމަލީ މަސައްކަތް ރާވައި ހިންގުމާއި، ލަނޑުދަނޑިތައް ހާސިލުވާނޭ ގޮތަށް ޞިއްޙީމަރުކަޒުގެ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ ލަފަޔާއި މަޝްވަރާގެ މަތިން ރާވައި ހިންގުން.

2. ޞިއްޙީމަރުކަޒުން ދިނުމަށް، މިނިސްޓްރީ އޮފް ހެލްތުން މިމަރުކަޒު ގިންތިކޮށްފައިވާ މިންވަރަށް ކަނޑައަޅައިފައިވާ ޚިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ މަޝްވަރާއާއެކު، މައްސަލަތައް ހައްލުކުރުން.

3. ޞިއްޙީމަރުކަޒުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ މަޝްވަރާއާއެކު ރާވައި ހިންގައި ބެލެހެއްޓުމާއި، އެކުލަވާލާފައިވާ އޮނިގަނޑާ އެއްގޮތަށް މަސައްކަތްތައް ރާވައި، މުވައްޒަފުންނާ މަސައްކަތްތައް ހަވާލުކުރުމާއި، މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން.

4. މިނިސްޓްރީ އޮފް ހެލްތުން މި މަރުކަޒު ގިންތިކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނުކުރުމުގެ ޕްލޭނެއް އެކުލަވާލައި މިނިސްޓްރީއާ ގުޅިގެން ތަންފީޛުކުރުން.

5. ގިންތިކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ ސަމާލުކަމަށް ގެނެސް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ތަކެތި ހޯދުމަށް އެފަރާތަށް އެހީތެރިކަން ދިނުން.

6. ދިވެހި ސިވިލްސަރވިސްގެ ގަވާއިދުތަކާއި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި ކަންތައްތައް ކުރުން.

7. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ދިވެހި ސިވިލްސަރވިސްގެ ގަވާއިދާ އެއްގޮތަށް ކުރުން.

8. އަދި މީގެއިތުރުންވެސް އެހެނިހެން މަސައްކަތްތައް ކުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހިއުމަންރިސޯސް މެނޭމަންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖުމެންޓް، ބިޒްނަސް މެނޭޖްމަންޓް، އެންޕްލޯއިމެންޓް ލޯ، ޕަބުލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސް މެނޭމަންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖުމެންޓް، ބިޒްނަސް މެނޭޖްމަންޓް، އެންޕްލޯއިމެންޓް ލޯ، ޕަބުލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ހިއުމަންރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، އެންޕްލޯއިމެންޓް ލޯ، ޕަބުލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންޕޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

3. ހިއުމަންރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، އެންޕްލޯއިމެންޓް ލޯ، ޕަބުލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތައުލީމާ ތަޖުރިބާ

ކ.ގުރައިދޫ ޞިއްޙީމަރުކަޒު

މަސައްކަތް ކުރަންޖެހޭ ތަން:

1. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޖިސްމާނީ އަދި ނަފުސާނީ ޤާބިލުކަން ހުރި މިންވަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތަށްތައް

1. ސިވިލް ސަރވިސަސްގެ ވަޒީފާއަށް އެދޭ ފޯމު  (ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

2. ސިވިލްސާރވިސަސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުއްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ސެޓުފިކެޓު، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުން، ކޯހުން ލިބޭ ސެޓުފިކެޓު.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

2016 އޮގަސްޓު 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ސުންގަޑި

މުއްދަތު ހަމަވި ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އިންޓަރވިއު މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ނަންބަރަކީ 6640405 އެވެ.

ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

15 ޛުލްޤަޢިދާ 1437  

18 އޮގަސްޓް 2016
ހޯދާ