މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

ވޭޖް އެމްޕްލޮއިމަންޓް އުސޫލުން 1 އަހަރުދުވަހަށް މަސައްކަތު މީހުން ހޯދުން:

މަޤާމު:

ވަގުތީ މަސައްކަތު

ބޭނުންވާ އަދަދު:

5

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކ.މާފުށީ ކުރީގެ ހުކުރު މިސްކިތް، މަސްޖިދުލްފާރޫޤް، ކަތީބު ޙުސައިންމަނިކު މިސްކިތް

މަޤާމުގެ މަސްއޫލިއްޔަތުތައް:

އެއްބަސްވުމުގައިވާގޮތަށް، މިސްކިތްތަކުގެ މީހުން ޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރު ނުވެވޭފަދަ ދުވަސްތަކުގައި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން.

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު:

ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.

މަޤާމު:

ރޭންކް

ކްލެޝިފިކޭޝަން

ޝަރުޠު

މަސައްކަތް ކުރާ ގަޑިއިރަކަށް

މިސްކިތު މަސައްކަތު

އެސް.އެސް.1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

29/22 ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި އިންޓަރވިއުއަށް ބެލެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން ބާއްވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު ފަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

* ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދާއިރާއާ ގުޅޭ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް.

* މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިފްޓުގެ ކޮޕީ.

* ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުންނަ ސެޓުފިކެޓުތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް)

* ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކާއި، ސެޓުފިކެޓުތަކުގެ ކޮޕީ.

* މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

* ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގައިވާ ލިޔުންތައް ރަނގަޅަށް އެނގޭފަދަ ކޮޕީއެއް)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެން ލިޔުންތައް، 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6640073 ނަންބަރު ފޯނާއެވެ.

ނޯޓް: މިއިދާރާގެ ނަންބަރު: (IUL)337/337/2016/32 (4 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

17 އޮގަސްޓް 2016
ހޯދާ