މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/6،295 ރުފިޔާ.

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ.

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ % 35 (މަހަކު) 

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޕްލޭނިންގ އެންޑް މާކެޓް ޑިވެލޮޕްމަންޓް ސެކްޝަން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. ފައިނޭންސް، ބިޒްނަސް ނުވަތަ ހިސާބު ޢިލްމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފައިނޭންސް، ބިޒްނަސް ނުވަތަ ހިސާބު ޢިލްމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ފައިނޭންސް، ބިޒްނަސް ނުވަތަ ހިސާބު ޢިލްމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ފައިނޭންސް، ބިޒްނަސް ނުވަތަ ހިސާބު ޢިލްމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހަކަތައިގެ ދާއިރާގެ ގަވާއިދު ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ބެލެހެއްޓުމާއި ދިރާސާކުރުން.

2. ހަކަތައާބެހޭ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި ދިރާސާކުރުން.

3. ހަކަތައިގެ ދާއިރާގެ ތަފާސް ހިސާބުގެ މައްޗަށް ބިނާކޮށް، އެކިއެކި ރިޕޯރޓްތައް އެކުލަވާލުން.

4. އޮފީހުން ރާވައި ހިންގާ، ދާއިރާގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ، ދާއިރާއާ ގުޅޭ އިތުރު ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.

2. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި  އޮތޯރިޓީގެ  ކައުންޓަރުން،  ބަންދުނޫން ކޮންމެ  ދުވަހަކު  ލިބެން ހުންނާނެއެވެ. އަދި  މި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

4. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

ސުންގަޑި:

2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.

އިންޓަވިއު:

- އިންޓަވިއުއާއި ޕްރެކްޓިކަލް، 28 އޮގަސްޓު 2016 އާއި 28 ސެޕްޓެންބަރު 2016 އާ ދޭތެރޭގައި މި އޮތޯރިޓީގައި އޮންނާނެއެވެ.

- ދިވެހިބަހާއި، އިނގިރޭސިބަހުން ތަރުޖަމާކުރުމަށްޓަކައި ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން، 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮތޯރިޓީގެ  3019100 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

       4 ދުލްޤަޢިދާ 1437

07 އޮގަސްޓް 2016
ހޯދާ