ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ފިރިހެން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު (ފިރިހެން)  

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

ޑިވިޜަން:

މުނިސިޕަލް ސަރވިސް

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

2 (ދޭއް)

 

މަޤާމުގެ ޝަރުޠު:

1. އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން.

2. އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ދިވެހި ރައްޔިތެއްކަމުގައިވުން.

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

4. މީހުން ވަޅުލުމަށް ވަޅުކޮނެވޭފަދަ މީހަކުކަމުގައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- މަރުވާމީހުން ވަޅުލުމަށް ވަޅުކޮނުމުގެ މަސައްކަތް (ރޭގަނޑު މެންދަމުން އަލިވެ 4:00 އިން ރޭގަނޑުގެ 12:00 އާ ދެމެދު) ކުރުން.

- މަރުވާމީހުން ހިނެވުމުގައި އެހީތެރިވުން.

- ހިނަވާގެތައް ބެލެހެއްޓުން.

- 2 ގަބުރަސްތާނު ނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް، ކައުންސިލުން އަންގާ ހާލަތުގައި ކުރުން.

- އިދާރާގެ ސަޕޯޓް ސްޓާފުންގެ (މަސައްކަތު މީހުންގެ) މަސައްކަތްތައް ކުރުން.

- ޚާއްޞަ ހާލަތްތަކުގައި އޮފީހުގެ އެހެން ސެކްޝަންތަކަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހު މަސައްކަތުގެ ދާއިރާގެ ތެރެއިން، ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ރަސްމީގަޑީގައި، ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

3. ވަޒީފާއައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަށް އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ހިމަނައިގެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ގޮތަކަށް ނަގާފައިވާ ކޮޕީއެއް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތު ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދޭ މިންވަރު.

 

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚެއް، މި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި، ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް އެންގޭނެއެވެ.

- 15  ފަރާތަށްވުރެ  ގިނަ  ފަރާތުން  ވަޒީފާއަށް  ކުރިމަތިލާފައިވާނަމަ،  އިންޓަވިއު  ކުރެވޭނީ، ސޯޓް ލިސްޓް ކުރުމަށްފަހު، 15 ފަރާތާއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެހެނިހެން ލިޔުންތައް، ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނީ، 6521181 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6527552 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ