ށ.ފޭދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޢިނާޔަތްތައް: 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އޮފީސް:

ށ. ފޭދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފޭދޫ ޞިއްޙީ މަރުކަޒު / ށ.ފޭދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މި މަރުކަޒުން ހަދަންޖެހޭ އާސަންދަ މެމޯ ހެދުން.

2. މަރުކަޒަށް ލިބޭ އާމްދަނީގެ ފައިސާ، މާލިއްޔަތު ޤާނޫނާ އެއްގޮތަށް ބަލައިގަތުމާއި، އެ ފައިސާ ފައިސާއާބެހޭ މުވައްޒަފާ ރައްކާތެރިކަމާއެކު ހަވާލުކުރުން.

3. ޑެއިލީ އިންކަމާއި، ކޭޝްރިޕޯޓު ގަވާއިދުން ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. ތަރުޖަމާނު ނެތް ހާލަތްތަކުގައި ތަރުޖަމާކުރުމުގެ މަސައްކަތްކުރުން.

5. މަރުކަޒުގެ ޖެނެރެލް ސްޓޮކް ބެލެހެއްޓުމާއި، މާލިއްޔަތު ޤާނޫނާ އެއްގޮތަށް ސްޓޮކަށް ތަކެތި ހޯދުން.

6. ސިވިލް ސަރވިސްގެ ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތުމާއި، އެއަށް ޢަމަލުކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، އިންފޮމޭޝަން މެނޭޖުމަންޓް، މާކެޓިންގ މެނޭޖުމަންޓު، ބިޒްނަސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، އިންފޮމޭޝަން މެނޭޖުމަންޓް، މާކެޓިންގ މެނޭޖުމަންޓް، ބިޒްނަސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މި މަރުކަޒުގެ ކައުންޓަރ / އޮފީހަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ އޮގަސްޓު މަހުގައި، ށ. ފޭދޫ ޞިއްޙީ މަރުކަޒުގެ އޮފީސް.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6450611 އެވެ.

26 ޝައްވާލް 1437

31 ޖުލައި 2016
ހޯދާ