މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ، ކޯޕަރޭޓިވް ސަރވިސް ސެކްޝަން

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/5،020 ރުފިޔާ   

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35 (މަހަކު)  

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ފައިނޭންސް ޑިޕާޓްމަންޓް، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުމާއެކު، އެކައުންޓްސް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ބަޖެޓާއި ފައިސާ ބެލެހެއްޓުމުގެ މަސައްކަތްތައް ހިންގުން.

2. ބަޖެޓާއި ފައިސާއާބެހޭ ރިޕޯޓްތަކާއި ލިޔުންތައް ތައްޔާރުކުރުން.

3. ޔޫޓިލިޓީސް ކުންފުނިތަކުން އަގުފާސްކުރުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުން.

4. ލަފާކުރާ ބަޖެޓް ތައްޔާރުކުރުން/ބަޖެޓް ލަފާކުރުމާބެހޭ މަސައްކަތްތައްކުރުން.

5. ޕްރޮކިއުމަންޓް މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ގަވާއިދުތަކާއި ރިޕޯޓްތަކާއި ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.

2. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކުރެވިފައިވާ ފޮޓޯކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:

2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.

އިންޓަވިއު:

އިންޓަވިއުއާއި އިމްތިޙާންކުރުން 21 އޮގަސްޓު 2016 އާއި 29 ސެޕްޓެންބަރު 2016 އާ ދޭތެރޭގައި މި އޮތޯރިޓީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮތޯރިޓީގެ 3019100 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

                              22 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ