މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއްޖެ

އުފާ ޕްރޮގްރާމް އޮފީހަށް ތިރީގައި މިދަންނަވާ މަސައްކަތް ކުރުމަށް 7 މަސްދުވަހަށް ކޮންޓްރެކްޓް އުސޫލުން 1 މުވައްޒަފު ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/156 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދެވޭނެ ފަރާތްތަކުން 2016 އޮގަސްޓު 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ.

ކުރަންޖެހޭ މަސައްކަތް

މައިގަނޑު މަސައްކަތަކީ ބިހޭވިއަރ މެނޭޖުމަންޓް ޕޮލިސީ ޑްރާފްޓްކުރުމާއި ފައިނަލައިޒުކުރުމާއި އެ ޕޮލިސީ ސްކޫލްތަކުގައި ތަންފީޒުކުރުމަށް ރާވާ ޕްލޭން ތައްޔާރުކުރުމާއި އަމިއްލައަށް މަރުވާ ކުދިންނާމެދު ސްކޫލްތަކުން ޢަމަލުކުރާނެ ގޮތުގެ އިރުޝާދުދީ މިންގަނޑު އެކުލަވައިލުމާއި އުފާ އޮފީހުން ހިންގާ ޕްރޮގްރާމުތައް (ދިރިއުޅުމުގެ ހުނަރުތައް ބީޓެކް ދަސްވާރު) ޑޮކިއުމެންޓް ކުރުމެވެ.

ފެންވަރު ނުވަތަ ޝަރުތު

ފަސްޓް ޑިގްރީއިން ފެށިގެން މަތީ ސަނަދެއް އޮތުން

މުސާރައާއި ޢިނާޔަތްތައް:

މުސާރައާއި އިނާޔަތަށް މަހަކު -/22,000 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް

1- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2- ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ސީވީ

ކޮންސަލްޓަންޓް ހޮވުމުގައި ބަލާނޭ ކަންކަން

ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ

ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަވިއު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403

25 ޖުލައި 2016
ހޯދާ