މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެކައުންޓެންޓް – ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް އެކައުންޓަންޓް – ހދ. ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު

1- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރިއަށްގެންދާ ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މި މަޝްރޫޢު މަސައްކަތްކުރިއަށް ގެންދިޔުމަށް އެހީވުމަށް ޕްރޮޖެކްޓް އެކައުންޓަންޓެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K1/13/2015/1246  އިޢުލާނަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ މުއްދަތު 2016 އޮގަސްޓު 1 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

2. ޕްރޮޖެކްޓް އެކައުންޓަންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

  • އެކައުންޓިންގ ނުވަތަ ގުޅޭދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.
  • މައިކްރޯސޮފްޓް ޕެކޭޖް (މައިކްރޯސޮޕްޓް ވަރޑް، މައިކްރޯސޮޕްޓް އެކްސެލް) އަށް އަހުލުވެރިވާންވާނެއެވެ.
  • ބައިނަލްއަޤްވާމީ ޑޯނަރ ފަންޑަޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މި މަޤާމަށް ހޮވޭ ފަރާތުގެ މުސާރައިގެ ގޮތުގައި -/30,840 ދިވެހި ރުފިޔާއާ ހަމައަށް ދެވޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތުގެ މުއްދަތަކީ 26 މަސްދުވަހެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް މީހަކު ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނާއި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމާބެހޭގޮތުން އެފަރާތުން މާރިޗު 2013ގައި ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 1 ވަނަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349266 ، 3349106

ފެކްސް: 3320706 ،3324432،

އީމެއިލް އެޑްރެސް: [email protected]

[email protected]

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ