ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮފީސް މޭޒާއި ހައިބެކް ޗެއަރ ހޯދުމަށް

އިޢުލާން

އޮފީސް މޭޒާއި ހައިބެކް ޗެއަރ ހޯދުން:

މި އިދާރާއަށް އޮފީސް މޭޒާއި ހައިބެކް ޗެއަރ ގަންނަން ބޭނުންވެގެން ކުރި ނަންބަރު 421/IUL/2016/30 (05 ޖޫން 2016) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ތަކެތި މި އިދާރާއަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 04 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި، ގަޑިޖެހިގެން ހުށަހެޅޭ ބިޑްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6840005 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

08 ޝައްވާލް 1437

13 ޖުލައި 2016
ހޯދާ