މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފާނައިގެ މަސްވެރިކަންކުރުމާއި ފާނަ އެކްސްޕޯޓްކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށާނެ ތާރީޚަކީ 26 ނޮވެންބަރު 2013 ކަމަށް ހަމަޖެއްސުން.

އިޢުލާން

ފާނައިގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި އަދި ބެލެހެއްޓިގެން ކުރެވޭ މަސްވެރިކަމަކަށް ހެދުމަށްޓަކައި ފާނަ މަސްވެރިކަންކުރުމާއި ފާނަ އެކްސްޕޯޓްކުރުމުގެ ގަވާއިދު އެކުލަވައިލައި 26 މެއި 2013 ވަނަ ދުވަހު ވަނީ ގެޒެޓުކޮށްފައެވެ. ގަވާއިދަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ 26 އޮގަސްޓު 2013 ވަނަ ދުވަހުން ފެށިގެން ކަމުގައި ވީ ނަމަވެސް، ފާނައިގެ މަސްވެރިކަން ކުރާ ފަރާތްތަކާއި އަދި ފާނައިގެ ބާވަތްތައް އެކްސްޕޯރޓްކުރާ ފަރާތްތައް ގަވާއިދާމެދު އަހުލުވެރިވެފައިވާ މިންވަރަށް ބަލާއިރު ގަވާއިދު މިވަގުތު ތަންފީޒުކޮށްފިނަމަ، މަސްވެރިންނަށާއި އަދި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެ މާލީ ގެއްލުންތަކެއް ވެދާނެކަމަށް ފެންނާތީވެ، ފާނައިގެ މަސްވެރިކަންކުރުމާއި ފާނަ އެކްސްޕޯޓްކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށާނެ ތާރީޚަކީ 26 ނޮވެންބަރު 2013 ކަމަށް ހަމަޖައްސައިފީމެވެ.

މި އިތުރު ކުރެވުނު 3 މަސް ދުވަހުގެ ތެރޭގައި، ފާނައިގެ މަސްވެރިކަންކުރުމާއި ފާނަ އެކްސްޕޯޓްކުރުމުގެ ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުންނާއި 10 ވަނަ މާއްދާގެ ދަށުން، ފާނަކޮށި ހަދައިގެންނާއި ޓޭންކްތަކުގައި ނުވަތަ ބޯޓުފަހަރުގައި ދިރޭ މަސް ގެންގުޅުމަށާއި އަދި ފާނަ ޕްރޮސެސްކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ އެންމެހާ ކަންތައްތައް ފުރިހަމަކުރަން ދަންނަވަމެވެ. މިގޮތުން، 26 ނޮވެންބަރު 2013 ވަނަ ދުވަހުން ފެށިގެން ޞައްޙަ ލައިސަންސެއްނެތި ފާނައިގެ މަސްވެރިކަންކުރުމާއި، ކޮށި ނުވަތަ ބޯޓުފަހަރުގައި ފާނަ ގެންގުޅުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތްތަކުން އެކްސްޕޯރޓްކުރުމަށް ތައްޔާރުކުރާ ފާނައިގެ ޝިޕްމަންޓްތައް އެކްސްޕޯރޓްކުރުމަށް ބޭނުންވާ ކެޗް ސެޓުފިކެޓު އިސްވެ ދެންނެވުނު ގަވާއިދުގެ ދަށުން މި މިނިސްޓްރީގެ ފަރާތުން ދުލެއްނުކުރާނެއެވެ.   

             13 ޝައްވާލް 1434ހ.

20 އޮގަސްޓް 2013
ހޯދާ