ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބައެއް ފަރާތްތަކުން ދެއްވާފައިވާ ފޯނު ނަންބަރުން އެފަރާތްތަކާ ނުގުޅޭކަމަށް

ދެންނެވުން

 1/2007 ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޙަވާލާދީ ވަޒީފާގައި ބިދޭސީން ގެންގުޅުމަށް މިޑިޕާޓްމަންޓުން ހުއްދަ ދޫކުރާއިރު ވަޒީފާދެއްވާ ފަރާތާ ގުޅޭނެ ކޮންޓެކްޓް ނަންބަރުގެ ގޮތުގައި މި ޑިޕާޓްމަންޓަށް ބައެއް ފަރާތްތަކުން ދެއްވާފައިވާ ފޯނު ނަންބަރުން އެ ފަރާތްތަކާ މިހާރު ނުގުޅޭކަން ފާހަގަކުރެވިފައިވާތީ ދަންނަވަމެވެ.

 ވަޒީފާގައި ގެންގުޅުއްވުމަށް ތިޔަ ފަރާތްތަކަށް ހުއްދަ ދޫކުރެވިފައިވާ ބިދޭސީއަކާ ގުޅޭ ގޮތުން މި ޑިޕާޓްމަންޓުގެ ފަރާތުން ވާހަކަދައްކަން ބޭނުންވެއްޖެނަމަ މިހާރު ގުޅޭނެ ކޮންޓެކްޓު ފޯނު ނަންބަރާއި އީމެނިލް އެޑްރެސް މިދަންނަވާ އީމޭލަށް ފޮނުއްވައިދެއްވުމަށް ދަންނަވަމެވެ. މިގޮތުން ފޮނުއްވާ މަޢުލޫމާތުގެ ތެރޭގައި ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ވިޔަފާރީގެ ރެޖިސްޓްރޭޝަން ނަންބަރު އަދި ގުޅަންވީ ފަރާތުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު، އަދި އަމިއްލަ ފަރުދެއްނަމަ ފޯނު ނަންބަރުގެ އިތުުރުން ނަމާއި އައިޑީކާޑުގެނަންބަރު ލިޔުއްވުން އެެދެމެވެ. އަދި މީގެފަހުންވެސް  ވަޒީފާދެއްވާ ފަރާތުގެ ފޯނުނަންބަރު ބަދަލުވެއްޖެނަމަ މިދަންނަވާ އީމޭލް އެޑްރެސް މެދުވެރިކޮށް މި ޑިޕާޓްމަންޓަށް އެކަން އަންގަވަމުން ގެންދެވުމަށް ދަންނަވަމެވެ. 

 [email protected]       

ބިދޭސީން ދިވެހިރާއްޖޭގައި ގެންގުޅުމަށް ހުއްދަދެވޭ ފަރާތްތަކަށް ފިލައިގެން ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މިޑިޕާރޓްމެންޓުގެ ފަރާތުން ކުރަމުންގެންދާ މަަސައްކަތުގައި ތިޔަ ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

15 އޮގަސްޓް 2013
ހޯދާ