މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ރެދަން އެގްޒެބިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

"ރެދަން" އެގްޒެބިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކާނޭ މަގު ތަނަވަސްކޮށްދިނުމާއި، މިކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން "ރެދަން" ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މައުރަޒު ކުރިޔަށް ގެންދިއުމަށް ރާވާފައި ވަނީ 2016 އޮގަސްޓު މަހުގެ ތެރޭގައެވެ.

ވީމާ، މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މާލޭގައިނަމަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އަށް އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް ދަންނަވަމެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުންނާއި، ރަށު ކައުންސިލުތަކުންނާއި، މި މިނިސްޓްރީގެ ވެބް ސައިޓް www.mlg.gov.mv  އިން ލިބެން ހުންނާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3027557 ފޯނުން ޑިސްއެބިލިޓީ ޑިވިޜަނަށް ގުޅުއްވުން އެދެމެވެ.

25 ރަމަޟާން 1437

30 ޖޫން 2016
ހޯދާ