މުލަކަތޮޅު މަޑުއްވަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް: SS2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

މ. މަޑުއްވަރީ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އެމްބިއުލާންސްގައި ކުރަންޖެހޭ ދަތުރުތައް، ވެހިކަލްގެ ހާލަތު ތަންދޭމިންވަރެއްގެ މަތިން ފަސްނުޖެހި ކުރުން.

2. ދަތުރު ފެށުމުގެ ކުރިންނާއި، ދަތުރުކުރާއިރު، ވެހިކަލާއި ދަތުރުކުރާމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުން.

3. ދުއްވަން ފެށުމުގެ ކުރިން، އިންޖީނާއި، މީޓަރުތައް ރަނގަޅަށް މަސައްކަތްކުރޭތޯއާއި، މަތީތެލާއި، އަޑީތެޔޮ ހުރިތޯ ޗެކްކުރުން.

4. އެމްބިއުލާސް ފޮޅައި، ދޮވެ، ސާފުކޮށް، ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

5. ހޯދަންޖެހޭ ނުވަތަ ބޭނުންކުރަންޖެހޭ ތަކެތި ހުސްވިޔަނުދީ ހޯދުމަށް މަރުކަޒު ހިންގަން ހުންނަ ފަރާތަށް ރިޕޯޓްކުރުން.

ތަޢުލީމާއި ތަޖުރިބާ:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލްކުރައްވާ B1 ގެ ކެޓަގަރީގެ ލައިސަންސެއް ހާސިލުކޮށްފައިވުމާއެކު، ލިޔަންކިޔަން އެނގުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ http://www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ  ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ވަޒިފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޖުލައި 3 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.  ފޯމު ދޫކުރުމާއި، ފޯމާއި ލިޔުންތައް ބަލައިގަނެވޭނީ ރަސްމީ ގަޑީގައެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ޖުލައިމަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު ބޭއްވޭނީ، މ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގައެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި  ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6720554 އެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ