މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން ކަރަންޓު އުފައްދާ ބޭނުންކުރުމާ ބެހޭ

އިޢުލާން

އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން ކަރަންޓު އުފައްދާ ބޭނުންކުރުމާބެހޭ

ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ބޭނުން ކުރެވޭ މިންވަރު މިހާރު އިތުރުވެފައިވާއިރު، މި އޮތޯރިޓީ އާއި ޔުޓިލިޓީ ކުންފުނިތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން އެފަދަ ނިޒާމުތައް ޤާއިމުކޮށް ބޭނުންކުރަމުންދާ ކަމަށް މި އޮތޯރިޓީއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިކަމުގެ ސަބަބުން، މިފަދަ ނިޒާމުތައް ޤާއިމުކުރުމުގައި ދިމާވާ ދަތިތަކަށް ނުވަތަ މައްސަލަތަކަށް މި އޮތޯރިޓީން ނުވަތަ ޔުޓިލިޓީ ކުންފުނިތަކުން ޒިންމާ ނުވާނެކަމުގައި ދަންނަވަމެވެ.

ވީމާ، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކޮށް ބޭނުންކުރުމުގައި، މި އޮތޯރިޓީން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އަދި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ނަންބަރު 3019100 ފޯނާ ގުޅުއްވުމަށް، ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

16 ރަމަޟާން 1436

21 ޖޫން 2016
ހޯދާ