މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ

އިޢުލާން

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން، މާލެ، ހުޅުމާލެ އަދި ވިލިނގިއްޔަށް ޚާއްޞަކުރެވިގެން، ގެދޮރު ޢިމާރާތް ކުރުމަށް ދޫކުރެވޭ %20 ގެ އަމިއްލަ ހިއްސާއަށް ދޫކުރެވޭ ލޯނަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ www.gedhoruverikurun.gov.mv ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ފޯމު ދޫކުރެވޭނީ، ކޮންމެ އައި.ޑީ ކާޑަކަށް (މުއްދަތު ހަމަނުވާ) ފޯމެކެވެ.

ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 01 ޖޫން 2016 އިން 30 ޖޫން 2016 ގެ ނިޔަލަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ޖޫން 2016 އިން 14 ޖުލައި 2016 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ކައުންޓަރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 އިން 13:00 އަށެވެ. ރަމަޟާން މަހުގައި 11:00 އިން 13:00 އަށެވެ.

16 ޖޫން 2016
ހޯދާ