މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކ. ކާށިދޫން ގޯތި ދޫކުރުން

އިޢުލާން

ދިރިއުޅުމަށްޓަކައި ކ. ކާށިދޫން ގޯތި ދޫކުރުން.

ދިރިއުޅުމަށްޓަކައި މިރަށުން (ކ. ކާށިދޫން) ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް މިއަހަރު ގޯތި ދޫކުރުމަށް މި ކައުންސިލުން ކަނޑައަޅައިފީމެވެ. މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ (60x50 ފޫޓުގެ) 175 ގޯއްޗެވެ. ވީމާ، ދިރިއުޅުމަށް ބަންޑާރަގޯތި ބޭނުންވާ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، މި އިދާރާއިން ދޫކުރާ ފޯމު ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު، 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރާނީ މިއަދުން ފެށިގެން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އިދާރާއިންނެވެ. ފުރިހަމަނުވާ ފޯމުތަކާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ކާށިދޫން ގޯތި ލިބޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:

  1. ދިވެހި ރައްޔިތެއްކަމުގައިވުން
  2. ޢުމުރުން 21 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން
  3. ގޯއްޗަށް އެދޭމީހާގެ ނަމުގައި ނުވަތަ، ގޯއްޗަށް އެދޭ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ރަޖިސްޓަރީވެފައި ނެތުން
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން ނުވަތަ ލިބިފައިވާ މިފަދަ ބައެއް ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދޫކޮށްލުން
  5. ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީވެފައި އޮވެ، ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން
  6. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓުދިނުމަށް ހަމަޖެހިފައިވާ އުސޫލު:

1

ކައިވެނީގެ ބައި:

 

ހ.

މީހަކާ އިނދެގެން ހުރިނަމަ

20 ޕޮއިންޓް

 

ށ.

ކުރިން މީހަކާ އިނދެ ކައިވެނި ރޫޅިފައިވީ ނަމަވެސް ދަރީން ތިބިނަމަ

18 ޕޮއިންޓް

2

ޢުމުރުގެ ބައި:

 

ހ.

ޢުމުރުން 21 އަހަރާއި 65 އަހަރާ ދެމެދުނަމަ

30 ޕޮއިންޓް

3

ދަރީންގެ ބައި:

 

ހ.

21 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

05 ޕޮއިންޓް

 

ށ.

21 އަހަރުން ދަށުގެ އެއް ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް

(މިބަޔަށް ޕޮއިންޓް ދެވޭނީ ގިނަވެގެން 4 ކުދިންނަށް، ޖުމުލަ 16 ޕޮއިންޓް)

04 ޕޮއިންޓް

 

ނ.

ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ

03 ޕޮއިންޓް

 

ރ.

ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުން ދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް

(މިބަޔަށް ޕޮއިންޓް ދެވޭނީ ގިނަވެގެން 2 ކުދިންނަށް ޖުމުލަ 08 ޕޮއިންޓް)

04 ޕޮއިންޓް

އިތުރު ތަފުސީލު:

1- ނަންބަރު 1 ގެ (ށ) ގައިވާ ކައިވެނި ރޫޅިފައިވާ ކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާންކުރުމުގެ ކުރިން ދެމަފިރިން ކައިވެނި ރޫޅިފައިވާނަމައެވެ.

2- ނަންބަރު 2 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ލިބުމަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

3- ނަންބަރު 3 ގެ (ށ) ގައިވާ ދަރީންގެ ޢަދަދަށް ޕޮއިންޓުދިނުމުގައި 4 ދަރީންނަށްވުރެ ގިނައިން ދަރީން ތިބިކަމުގައި ވިޔަސް ދެވޭނީ ޖުމުލަ 16 ޕޮއިންޓެވެ.

4- ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ފޯމު ހުށަހަޅާ މީލާދީ ތާރީޚަށެވެ.

5- ގޯތި ދޫކުރާ ސަރަޙައްދުތައް އެނގޭނެ ޗާޓު މި އިޢުލާނާ އެޓޭޗްކުރެވިފައި އެވަނީއެވެ.

ގޯތި ލިބޭގޮތް:

1- ގޯތި ލިބޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ، އޭގެތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

2- ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެގިނަ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ، ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ދެމަފިރިންގެ ދެމެދުގައި ގުރުއަތުލައިގެންނެވެ.

3- ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅާނީ 30 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން، ހަމަޖެހިފައިވާ އުސޫލުންނެވެ.

08 ރަމަޟާން 1437

13 ޖޫން 2016
ހޯދާ