ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޅ. އަތޮޅު ހޮސްޕިޓަލަށް ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން:

މި ހޮސްޕިޓަލުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް (ތިރީގައި މިދަންނަވާ މިންގަނޑުތަކަށް) ފަރުމާކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

  • ޞިއްޙީ ދާއިރާއާ ގުޅުން ހުރުން.
  • ބަލާލަން ރީތި އަދި ބޭނުންކުރަން ފަސޭހަވުން (ޕޯސްޓަރު، ވެބްސައިޓް، ކެންވަސްތަކުގައި)
  • ގިނަވެގެން 3 ކުލަ ބޭނުންކުރުން
  • މުޅިން އަލަށް ޑިޒައިންކުރެވޭ ލޯގޯއަކަށްވުން

ހުށަހަޅަންޖެހޭ ތަކެތި:

  • ކުރެހުމުގެ ސޮފްޓް އަދި ހާޑްކޮޕީ، ގުޅޭނެ ނަންބަރު. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮފީ
  • ލޯގޯއިން ދައްކުވައިދޭ ނުވަތަ ރަމްޒުކޮށްދޭ އެއްޗެއްގެ ކުޑަ ތަޢާރަފެއް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޖޫން 2016 ގެ ނިޔަލަށް ލޯގޯގެ ހާޑް އަދި ސޮފްޓް ކޮޕީ ޅ. އަތޮޅު ހޮސްޕިޓަލަށް އެޑްރެސްކޮށް ހުށަހެޅުއްވުން ނުވަތަ އީމެއިލް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

ހުށަހެޅޭ ލޯގޯތަކުގެތެރެއިން މި ހޮސްޕިޓަލްގެ ކޮމެޓީއަކުން ފާސްކުރާ ލޯގޯއެއް މިތަނުގެ ރަސްމީ ލޯގޯގެ ގޮތުގައި ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެފަރާތަކަށް އިނާމުގެ ގޮތުގައި -/3،000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ފަރާތަކަށްވެސް އެއް ލޯގޯއަށްވުރެ ގިނަ ލޯގޯވެސް ހުށަހެޅިދާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620048 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 ރަމަޟާން 1437

13 ޖޫން 2016
ހޯދާ