ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރުމަށް

އިޢުލާން

ނަންބަރު (IUL)440-CO/440/2016/15 (30 މޭ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިފަނީ އެންމެ ދެ ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، ފުވައްމުލަކު ދިގުވާނޑު މަސްޖިދުއްޞަފްވާ އާއި މަސްޖިދުލްހިދާޔާގައި މިދަންނަވާ މަސައްކަތް ކުރުމަށް އަލުން އިޢުލާންކުރަމެވެ.

  • ތަށިމުށި ކޮށައި ފެންވައިރިން މަރާމާތު ކުރުމާއި ތަށިމުށި ޖެހުމާއި ފާޚާނާ މަރާމާތުކުރުން (މަސްޖިދުއްޞަފްވާގެ ފާޚާނާއާއި އިސްކުރުބަރީގައި).
  • މަސްޖިދުއްޞަފްވާގެ ސައުންޑްސިސްޓަމް މަރާމާތުކުރުން.
  • ފެންހިންދާވަޅު ރާނައި ބެހެއްޓުމާއި ހޮޅިގުޅުން (މަސްޖިދުލްހިދާޔާގެ އިސްކުރުބަރީގެ ފެންހިންދުމަށް).

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ (ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރައްވާފައިވާ) ފަރާތްތަކުން 19 ޖޫން 2016 ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖޫން 2016 ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފުވައްމުލަކު މާދަޑު ކައުންސިލުގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލުކުރެވޭނީ އެންމެ ފަރާތެކެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައެއްނުގަންނަވާނެއެވެ.

8 ރަމަޟާން 1437

13 ޖޫން 2016
ހޯދާ