ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެއެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް

އިޢުލާން

ފުވައްމުލަކު ދިގުވާނޑު އަވަށުގައި ހިނަވާގެއެއް އިމާރާތްކުރުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު (IUL)440-CO/440/2016/16 (30 މޭ 2016) އިޢުލާން ކުރެވުނު ފަހުން، އެ އިމާރާތުގެ ޑިޒައިނަށް ބަދަލުގެނެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، ފުވައްމުލަކު ދިގުވާނޑު އަވަށުގައި އަމިއްލަ ތަކެތީގައި ހިނަވާގެއެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ (ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރައްވާފައިވާ) ފަރާތްތަކުން 19 ޖޫން 2016 ދުވަހުގެ 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖޫން 2016 ދުވަހު 13:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލުކުރެވޭނީ އެންމެ ފަރާތެކެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

8 ރަމަޟާން 1437

13 ޖޫން 2016
ހޯދާ