ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުވައްމުލަކު ދިގުވާނޑު މަސްޖިދުއް ޞަފްވާއާއި މަސްޖިދުލް ޙިދާޔާގައި މިދަންނަވާ މަސައްކަތް ކުރަން ބޭނުންވެއްޖެއެވެ.

  • ތަށިމުށިކޮށައި ފެންވައިރިން މަރާމާތުކުރުމާއި ތަށިމުށިޖެހުން. (މަސްޖިދުލް ޞަފްވާގެ ފާޚާނާއާއި އިސްކުރުބަރީގައި)
  • ފެންހިންދާ ވަޅު ރާނާއި ބެހެއްޓުމާއި ހޮޅިގުޅުން (މަސްޖިދުލް ޙިދާޔާގެ އިސްކުރު ބަރީގެ ފެންހިންދުމަށް)

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރައްވާފައިވާ) ފަރާތްތަކުން 2016 ޖޫން 05 ވަނަ ދުވަހުގެ 10:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 09 ވަނަ ދުވަހުގެ 10:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފުވައްމުލަކު މާދަޑު ކައުންސިލުގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމުސީލުކުރެވޭނީ އެންމެ ފަރާތްތެކެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ