ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނުގެ އަޅާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާބެހޭ

އިޢުލާން

އިންޖީނުގެ އަޅާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާބެހޭ

މި ރަށު އިންޖީނުގެ އެޅުމަށް ޣާޒީމަގު އިރުވައިކޮޅު ދެކުނުން ނަގާފައިވާ ބިމުގައި ހުރި ރުއްގަހުގައި 1 އިން 143 އަށް ހުދުކުލައިގެ ދަވާދުން ވާނީ ނަންބަރު ޖަހާފައެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން އެ ފަރާތެއްގެ ރުއްގަހުގައި ޖަހާފައިވާ ނަމްބަރާއެކު އެ ރުކަކީ އެ ފަރާތެއްގެ ރުކެއްކަން ދަންނާނެ ދެހެކިންގެ ނަމާއި، އެޑްރެސް އެނގޭނެހެން (ހެކިން ނެތްނަމަ އެކަންވެސް ބަޔާންކުރައްވައި) 2016 ޖޫން 5 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

16 ޝަޢުބާން 1437

23 މޭ 2016
ހޯދާ