ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިލީމަގު ދެކުނު ކޮޅުހުރި ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

ލިލީމަގު ދެކުނު ކޮޅުހުރި ރުއްގަހުގެ ވެރިން ހޯދުން

މިރަށު ލިލީމަގު ދެކުނުކޮޅު ކުނިއަޅާ ސަރަހައްދުގައި ހުރި ރުއްގަހުގައި 1 އިން 11 އަށް ރީނދޫ ކުލައިގެ ދަވާދުން ވާނީ ނަމްބަރު ޖަހާފައެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން އެ ފަރާތެއްގެ ރުއްގަހުގައި ޖަހާފައިވާ ނަމްބަރާއެކު އެ ރުކަކީ އެ ފަރާތެއްގެ ރުކެއްކަން ދަންނާނެ ދެ ހެކިންގެ ނަމާއި، އެޑްރެސް އެނގޭނެހެން (ހެކިން ނެތްނަމަ އެކަންވެސް ބަޔާންކުރައްވައި) 5 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

16 ޝަޢުބާން 1437

23 މޭ 2016
ހޯދާ