މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ - ކަނޑުއޮތްގިރި

އިޢުލާން

ވަޒީފާގެ ފުރުޞަތު:


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމް:

ޖޫނިއަރ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކަނޑުއޮތްގިރި ފިޝް ވިލެޖް (ފިޝް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް)

އަސާސީ މުސާރަ:

މަހަކު -/3،100 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ހަދަންޖެހޭ ރިޕޯޓުތައް ހެދުމާއި ފައިލްކުރުމާއި، ދޯނިފަހަރުން ގެންނަ މަސް ރިސީވްކުރުމާއި، އައިސްބިލާއި ފެންބިލް ހެދުން.

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އޯ.ލެވެލް އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއާއި 'އިސްލާމް' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އިންޓަވިއު:

މަތީގައިވާ މަޤާމުގެެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

ސުންގަޑި:

މަތީގައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށްއެދި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ސިޓީއަކުން ހުށަހެޅުން އެދެމެވެ. އީމެއިލް ކުރާނަމަ، @mifco.com.mvreception އަށް އީމެއިލްކުރުން އެދެމެވެ. ފެކްސް ކުރާނަމަ، 3323955 ނަންބަރަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) 

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. 

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް 3323932 އެކްސްޓެންޝަން 247 އަށް ގުޅުން އެދެމެވެ.

26 ރަޖަބު 1437

03 މޭ 2016
ހޯދާ