މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އޭދަފުށީގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕަށް ރިސޯސް ޤުރްއާން މުދައްރިސެއް ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ބ. އޭދަފުށީގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕަށް ރިސޯސް ޤުރްއާން މުދައްރިސެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

- އެމް.ކިޔު.އޭ ލެވެލް 5 ގެ ސަނަދެއްނަމަ ނުވަތަ ލެވެލް 6 ގެ ސަނަދެއްނަމަ، 50 މިނިޓުގެ ޕީރިއަޑަކަށް -/200 ރުފިޔާ

- އެމް.ކިޔު.އޭ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ، 50 މިނިޓުގެ ޕީރިއަޑަކަށް -/250 ރުފިޔާ.

މަޤާމުގެ ޝަރުޠު:     

ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މުއްދަތު:     

- ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް.

- ފުރަތަމަ އެގްރިމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

- 2 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން،  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށް، އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަށް ސިޓީ ހުށަހެޅުން އެދެމެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016
ހޯދާ