މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
1000 ފޮޓޮގްރާފަރުންނާއި 1000 ކޭޝިއަރުން ތަމްރީނުކުރުން

އިޢުލާން

ފޮޓޮގްރަފީގެ ރޮނގުންނާއި ކޭޝިއަރުންގެ ރޮނގުން ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް ނުވަތަ މި މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކޯހުގެ ލެވެލާއި މުއްދަތު:

  • ނެޝަނަލް ސެޓުފިކެޓު 3 =  6 މަސް 
  • ނެޝަނަލް ސެޓުފިކެޓު 4 =  1 އަހަރު

ކޯހަށް ވަދެވޭ ޝަރުޠު:

  • ނެޝަނަލް ސެޓުފިކެޓު 3 =  ގްރޭޑް 8 ނިންމާފައިވުން. 
  • ނެޝަނަލް ސެޓުފިކެޓު 4 =  ސާނަވީ ނިންމާ އިމްތިޙާނަކުން 3 މާއްދާއިން ސީ ފާސް ލިބިފައިވުން. ސެޓުފިކެޓު 3 ފުރިހަމަކޮށްފައިވުން.

ކޯހުގެ ފީ:

  • މިއީ ސްޕޮންސަރ ކޮށްފައިވާ ކޯސްތަކަކަށްވާތީ ކޯހުގެ ފީ ދައްކަން ނުޖެހޭނެއެވެ.
  • ފޮޓޮގްރަފީ ކޯހަށް ހޮވޭ ބައިވެރިންނަށް އަނބުރާ ފައިސާ ދައްކާގޮތަށް ކެމެރާއެއް ލިބޭގޮތަށް ހަމަޖެހިފައިވޭ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  • އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ސާފުކޮށް ކިޔަން އެނގޭނެ ކޮޕީއެއް.
  • ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުން ނުވަތަ ސަނަދުގެ ކޮޕީ.
  • ވަޒީފާއެއް އަދާކުރިނަމަ، ނުވަތަ މިހާރު ވަޒީފާއެއް އަދާކުރާނަމަ، ވަޒީފާ އަދާކުރާ ނުވަތަ ކުރިކަން އެނގޭނެ ލިޔުމެއް.
  • ވަޒީފާއެއް އަދާކުރާ ފަރާތެއް ނަމަ، މި ކޯސް ހެދުމަށް ވީއްލާނެކަމުގެ ލިޔުން.

ނޯޓް: މިއިން އެއްވެސް ލިޔުމެއް ކަށަވަރު ކުރަންޖެހިއްޖެނަމަ، އަސްލު ނުވަތަ އެޓެސްޓެޑް ކޮޕީ ގެނައުމަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ އޮފީސް:

  • ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ)
  • ޣާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ.

އެޕްލިކޭޝަން ފޯމު ލިބޭނީ:

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް: www.moe.gov.mv
  • ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް: www.tvet.gov.mv

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ސުންގަޑި

05 މޭ 2016 ބުރާސްފަތި

             6 ރަޖަބު 1437

13 އޭޕްރިލް 2016
ހޯދާ