މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބޭސްފިހާރައެއް ޢިމާރާތް ކުރުން

އިޢުލާން

ރައްޔިތުންގެ ބޭސްފިހާރައެއް ޢިމާރާތް ކުރުން

ރައްޔިތުންގެ ބޭސް ފިހާރައެއް އެޅުމަށް ބޭނުންވާތީ އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 އެޕްރީލް 18ވާ ހޯމަދުވަހުގެ 13:00ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަގު ހުށަހަޅުއްވާނީ 2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. ފެކްސް: 6560017 މެއިލް: [email protected] އެވެ. މެއިލް ނުވަތަ ފެކްސްއިން ފޮނުއްވާ އަންދާސީހިސާބުވެސް ފޮނުއްވަންވާނީ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ރަޖަބު 1437

12 އޭޕްރިލް 2016
ހޯދާ