ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
'ކަލާފަން ފެއަރ 2016' ގެ 11 ކުލާސްރޫމް ވިޔަފާރި އުސޫލުން ދޫކުރުމަށް

އިޢުލާން

މި އަހަރުގެ މޭ މަހުގެ 5 އިން 7 އަށް މި ސްކޫލުގައި "ކަލާފަން ފެއަރ 2016" ގެ ނަމުގައި ފެއަރއެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ފެއަރގައި 11 ކުލާސްރޫމް ވިޔަފާރި އުސޫލުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އެޕްރީލް 2016 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އެޕްރީލް 2016 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

05 ރަޖަބު 1437

12 އޭޕްރިލް 2016
ހޯދާ