ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓެއް އެޅުން

އިޢުލާން

ގދ.ވާދޫގައި ނެޓްބޯޅަކޯޓެއް އެޅުން

ގދ.ވާދޫގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އެޅުމަށް ހަމަޖެހިފައިވާ ނެޓްބޯޅަކޯޓު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މި އިދާރާގެ ފޯން ނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

28 ޖުމާދަލްއާޚިރާ 1437

06 އޭޕްރިލް 2016
ހޯދާ