ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރުގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެއް ޤާއިމުކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން

ނައިފަރުގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެއް ޤާއިމުކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު

ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ ދުވަސްވީ ސްކޫލް އެރަށެއްގައި ހިމެނޭ ނައިފަރަކީ ފަސްހާހުން މަތީގެ އާބާދީއެއް ހިމެނޭ ޕްރީސްކޫލް ތަޢުލީމުން ފެށިގެން މަތީ ތަޢުލީމާ ހަމައަށް ތަޢުލީމު ފޯރުކޮށްދޭ އުނގެނުމަށް ޝައުޤުވެރިވާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.

ރަސްމީ ތަޢުލީމަށް ފުރަތަމަ ހުށަހެޅިގެންދާ އުމުރުފުރާގައި ދެވޭ ޕްރީސްކޫލް ތަޢުލީމަކީ ޕްރައިމަރީ ތަޢުލީމަށް ތުއްތުކުދިންގެ ހަށިގަނޑާއި ނަފުސު ފުރިހަމަކޮށް ކުދިންގެ ކިބައިގައިވާ އިޖުތިމާޢީ ހުނަރު މުއްސަނދިކޮށް، ޕްރައިމަރީ ތަޢުލީމަށް ކުދިން ފައްކާކުރާ މަރުޙަލާއަށްވެފައި، މިމަރުޙަލާގައި ދެވޭ ތަޢުލީމުގެ ކާމިޔާބުކަމާއި ފޮނުމީރުކަމަކީ ކުއްޖާގެ ތަޢުލީމީ ހަޔާތް އުޖާލާވުމަށާއި ތަޢުލީމީގޮތުން އާ އުސްމިންތަކަށް ވާސިލުވުމަށް ނުހަނު ބޭނުންތެރި ތަޢުލީމަކަށް ވީހިނދު، ބައިނަލްއަޤުވާމީ ފެންވަރުގައި ފޯރުކޮށްދެވޭ ޕްރޮފެޝަނަލް ޕްރީސްކޫލް ތަޢުލީމެއްގެ ފުރުޞަތު ނައިފަރުގެ ތުއްތު ކުދިންނަށް ފަހިކުރުމުގެ ގޮތުން ރޯޝަނީ ޕްރީސްކޫލް ހިންގަމުން ގެންދިޔަ ޢިމާރާތުގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެއް ޤާއިމުކޮށް ހިންގުމުގެ ފުރުޞަތު ހުޅުވާލައި އިޢުލާންކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އެޕްރީލް 2016 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޅ. ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، މިކައުންސިލާ ބައްދަލުކޮށް ރަށުގައި މިކަމަށް ކަނޑައެޅިފައި ހުރި ޢިމާރާތާއި، ރަށުގެ މާޙައުލާއި ހާލަތާއި އަދި ލިބެންހުރި އެހެނިހެން ވަސީލަތްތައް ދެނެގަނެ، ބިޑު ޕްރޮޕޯޒަލް ތައްޔާރުކުރައްވައި 19 އެޕްރީލް 2016 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް އެޑްރެސްކުރައްވައި ފޮނުއްވުން އެދެމެވެ.

ބިޑް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ސިޓީއުރަ ނުވަތަ ޕާރުސަލް ރަނގަޅަށް ބަންދުކުރައްވާ ސިލްކުރެއްވުމަށްފަހު ފޮނުވުން އެދެމެވެ. އަދި އެސިޓީއުރައިގެ ނުވަތަ ޕާރުސަލްގެ ބޭރުގައި "ނައިފަރުގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެއް ޤާއިމުކުރުމުގެ ޕްރޮޕޯޒަލް" މިހެން ލިޔުއްވުން އެދެމެވެ. ބިޑް ޕްރޮޕޯޒަލްތައް ކަނޑާނީ، މިކަމަށް ނެގޭ އިވެލުއޭޝަން ކޮމިޓީގެ ހާޒިރުގައި 19 އެޕްރީލް 2016 ވަނަ ދުވަހުގެ 12:00 ގައި، ޅ. ނައިފަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑު ހުށަހަޅުއްވާ ފަރާތްތަކުން މިބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާނަމަ، ފޮނުވާ މީހެއްގެ ފުރިހަމަ ނަމާ، އައިޑީ ކާޑު ނަންބަރާއި އަދި ގުޅޭނެ ނަންބަރު އެނގޭގޮތަށް ލަސްވެގެން މަތީގައިވާ ތާރީޚުގެ އެއް ދުވަސްކުރިން ލިޔުމަކުން ހުށަހެޅުމުން އެފަރާތްތަކަށް ފުރުޞަތުދެވޭނެއެވެ. އަދި ބިޑު ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ހަމަ އެދުވަހު އެފަރާތްތަކަށް ފޮނުވޭނެއެވެ.

ބިޑުތައް އިވެލުއޭޓްކޮށް ނިމި ޕްރީސްކޫލް ޤާއިމުކުރުމަށް ހޮވުނު ފަރާތަށް 26 އެޕްރީލް 2016 ވަނަ ދުވަހުގެ ކުރިން ލިޔުމަކުން އެންގޭނެއެވެ. ލަސްވެގެން 02 މޭ 2016 ވަނަ ދުވަހުގެ ރަސްމީގަޑި ހަމަވުމުގެ ކުރިން އެފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.

ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި މަތީގައި ދެންނެވި ތާރީޚުގެ ފަހުން ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުގެ، ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެންމެ ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅިކަމުގައި ވިޔަސް ބިޑު އިވެލުއޭޓްކުރުމަށްފަހު، ބިޑް ޑޮކިއުމަންޓް ބުނާ މިންގަނޑުން މާކްސް ލިބިފައިވާނަމަ، އެފަރާތަކާ ބިޑު ހަވާލުކޮށް އެގްރީމެންޓްކުރެވޭނެއެވެ.

މި އިޢުލާންގެ ދަށުން ދޫކުރެވޭ ޢިމާރާތުގައި ބިޑު ޑޮކިއުމެންޓް ކަރުދާހުގައިވާ ފަދައިން ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދިނުން ލާޒިމުވާނެއެވެ. އަދި ބިޑު ކާމިޔާބުކުރައްވާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި ޢިމާރާތުގައި ބިޑު ޑޮކިއުމެންޓްގައިވާ ފަދައިން ތަޢުލީމީ އެހެން ޚިދުމަތްތައްވެސް ފޯރުކޮށްދެވިދާނެއެވެ.

06 އޭޕްރިލް 2016
ހޯދާ