ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ވޮޗަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: SS1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

އެޑްމިނިސްޓްރޭޝަން، ފައިނޭންސް އެންޑް ހިއުމަން ރިސޯސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން.

- ޞިއްޙީ މަރުކަޒުގައި އެޑްމިޓްކުރެވިފައިވާ މީހުންގެ ކައިރިއަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އެހެނިހެން ގަޑިގަޑީގައި ޒިޔާރަތްކުރުން ކޮންޓްރޯލްކުރުމާއި ބަލިމީހާއަށާއި ޑިއުޓީ ބަލަހައްޓާ މީހުންނަށް ދަތިނުވާނެ ގޮތުގެމަތިން މާޙައުލު ތަނަވަސްކުރުން.

- ނަހަމަގޮތުގައި ތަނުން އެއްޗެތި ބޭރުވެ އަދި ތަނަށް އެއްޗެތި އެތެރެވިޔަ ނުދިނުން.

- އިމާރާތާއި ގޯއްޗަށް މީހަކު ފަހަރެއްގައިވެސް ދީފާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް މަގުފަހިކުރުން.

- ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރަންޖެހޭނެކަމަށް ޞިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެހުރި ފަރާތަކުން އަންގާގޮތަކަށް ކަންތައްތައް ކުރުން.

- ޞިއްޙީ މަރުކަޒަށް ގެނެވޭ އަދި ޞިއްޙީ މަރުކަޒުން ގެންދެވޭ ބަލިމީހުން އުފުލުމުގައި ޑްރައިވަރުންނާއި ނަރުހުން ނުވަތަ ކަމާބެހޭ ފަރާތްތަކާ އެހީތެރިވުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ޢިނާޔަތްތައް:

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ޑިޔުޓީ އެލަވަންސް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޮފީހުން، ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ނޯޓު: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)

- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

ސުންގަޑި:

މި މަޤާމަށް  ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ، 2016 އެޕްރީލް 14 ވަނަ ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ފޯމާއި ތަކެތި ބަލައިގަންނާނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުންނެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚުން ފެށިގެން 2 ހަފްތާގެ ތެރޭގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލުމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6620216 އެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ