މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

   މަޤާމު:                     ކޮމްޕިއުޓަރ ޕްރޮގްރާމަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެމް.އެސް 1

   ކްލެސިފިކޭޝަން:                ޓެކްނިކަލް އޮފިސަރ ގްރޭޑް 1

   މުސާރަ:                     -/5610 ރުފިޔާ

   ސަރވިސް އެލަވަންސް:            -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީގެ އައި.ޓީ. ހެލްޕް ޑެސްކަށް އަންނަ ކޯލްތަކަށް މެދުކެނޑުމެއްނެތި ޖަވާބުދާރީވެވޭނެ އިންތިޒާމު ހަމަޖެއްސުން
  2. މިނިސްޓްރީގެ ނެޓްވާރކާއި، ކޮމްޕިއުޓަރުތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން
  3. މިނިސްޓްރީގައި ބޭނުންކުރާ ސޮފްޓްވެއަރތަކަށް ސަޕޯޓް ދިނުން
  4. މިނިސްޓްރީގެ ވެބްސައިޓަށް ދިމާވާ މައްސަލަތައް ހައްލުކުރުން އަދި ހައްލުނުކުރެވޭފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތްކުރުން.
  5. މިނިސްޓްރީގެ ކޮމްޕިއުޓަރުތައް ވައިރަހުން ސަލާމަތްކުރުމަށްޓަކައި އެންޓިވައިރަސް ސޮފްޓްވެއަރ އިންސްޓޯލްކޮށް، ގަވާއިދުން ޗެކްކޮށް ބެލުން
  6. މިނިސްޓްރީގެ މުވައްޒަފުން ކޮމްޕިއުޓަރަށް އަހުލުވެރިކުރުވުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ރާވައި ހިންގުން
  7. މިނިސްޓްރީއަށް ގަންނަން ބޭނުންވާ ކޮމްޕިއުޓަރާއި އިކްއިޕްމެންޓްތަކަށް ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ބިޑްތައް އިވެލުއޭޓް ކުރުން
  8. ސެކްޝަނުންކުރާ މުހިންމު ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވެދީ އެއްބާރުލުން ދިނުން.
  9. މިނިސްޓްރީގެ އެކި ސެކްޝަންތަކަށް ބޭނުންވާ ގްރެފިކް ޑިޒައިން (ކާޑު، ލީފްލެޓް ފަދަ ތަކެތި) މަސައްކަތްތައް ކޮށްދިނުން.
  10. މިނިސްޓްރީން އިންތިޒާމު ކުރާ އެކިއެކި ޙަފުލާތަކަށާއި އިވެންޓްތަކަށް ޓެކްނިކަލް ސަޕޯޓް ދިނުން.
  11. ސެކްޝަނުގެ މުވައްޒަފަކު ޗުއްޓީ ނެގުމުގެ ސަބަބުން ވަގުތީގޮތުން އެމުވައްޒަފެއްގެ މަސައްކަތް ހަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން.
  12. މިނިސްޓްރީގެ ދަށުން ހިނގާ ޑިޕާރޓްމަންޓްތަކާއި ސްކޫލްތަކަށް ޓެކްނިކަލް ސަޕޯޓް ދިނުން.

ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 20 އެޕްރީލް 2016- 15 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 އެޕްރީލް 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 އަދި 3341423 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ