ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ޑިޖިޓަލް ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާއަށް ޑިޖިޓަލް އެސް.އެލް.އާރު (Nikon D4s) ކެމެރާއާއި ޑިޖިޓަލް ވީޑިއޯ (SONY PD150) ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި 2016/09/އައި.ޔޫ/ޓީ-57 ނަންބަރު އިޢުލާނަށް ބަދަލުގެނެވިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، ޑިޖިޓަލް ކެމެރާއަކާއި ޑިޖިޓަލް ވީޑިއޯ ކެމެރާއެއް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 3 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

20 ޖުމާދަލްއާޚިރާ 1437

29 މާރިޗު 2016
ހޯދާ