މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން 

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ. ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވައިލަމެވެ.

މަޤާމު:

މަސައްކަތު

މަޤާމުގެ ރޭންކް: 

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:

މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާ/ ޤާބިލްކަށް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އިދާރާއިން ކަނޑައަޅާ ޢުޞޫލެއްގެމަތީން، ރަސްމީ ކޮންމެ ދުވަހަކު ގަޑިޖެހުމުގެ ކުރިން އިދާރާގެ ދޮރުތަކާއި ކުޑަދޮރުތައް ހުޅުވުމާއެކު، އެތެރޭގެ އިދާރީ މަސައްކަތްކުރާ ހުރިހާ ތަނެއް ކުނިކަހައި ސާފުކުރުމާއި، ރަސްމީގަޑި ނިމުމުން، އިދާރާ ބަންދުކުރުމާއި، ހަމަޖެހިފައިވާ އުސޫލުތަކުގެމަތީން އިދާރީ މޭޒުތަކާއި ހަރުގަނޑުތައް ފޮހެ، ފޮޅައި، ސާފުކުރުން.

2. އިދާރާގެ އިމާރާތުގެ މުށިޖަހާއިފައިވާ (މަސައްކަތްކުރާތަނުގެ ފްލޯ) ހުރިހައި ތަނެއް، މަދުވެގެން ހަފްތާއަކު އެއްދުވަހު މޮޕްކުރުމާއި، ދޮރުތަކުގެ ބިއްލޫރިތައް ފޮހެ ސާފުކުރުމާއި، ގޯތިތެރެއާއި މަގުމަތި ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

3. ރަސްމީ ދުވަސްދުވަހާއި، ނުރަސްމީ ދުވަސްދުވަހު ބާއްވާ އެކިއެކި ޖަލްސާތަކާއި ބައްދަލުވުންތަކަށް ގޮނޑިޖަހައި، ތަން ތައްޔާރުކޮށް، ޒީނަތްތެރިކުރުން.

4. އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ސިޓީ، މެސެޖު ފަދަ ތަކެތި ހަވާލުކުރުމާއި، އިދާރާއިން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އިދާރާއަށް ހޯދަން ބޭނުންވާ މީހުން ހޯދުން.

5. އިދާރާގެ ފުރާޅުގެ ދިޔަދޮތްވާއި ފުރާޅާއި، ފެންއަޅާ ހަން ފަދަތަކެތި ދެމަހުން އެއްމަހު ސާފުކުރުން.

6. އޮފީހުގެ ބެލުމުގެ ދަށުގައިވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

7. އޮފީސް ހިންގުމަށް ބޭނުންކުރާ މެޝިނަރީއާއި އިކްއިޕްމަންޓްފަދަ ތަކެތި ފޮޅައި ސާފުކުރުން.

8. ސެކިއުރިޓީ އޮފިސަރު ނެތް ހާލަތްތަކުގައި އޮފީހުގެ ދިދަނަގައި ތިރިކުރުން.

9. އޮފީހުގެ ވަޅު ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

10. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ސިވިލް ސަރވިސް ކޮމިޝަނުން 1 މޭ 2015 ގައި ޢަމަލުކުރައްވަން ފަށްޓަވާފައިވާ ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިންނެވެ.

އެގޮތުން ބެލޭނެ ކަންކަން ތިރީގައި މިވަނީއެވެ.

  1. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  2. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު:

މި  މަޤާމަށް  ޝަރުޠު  ހަމަވާ  ފަރާތްތަކަށް  ބާއްވާ  އިންޓަވިއުއާއި  ޕްރެކްޓިކަލްސް  ބޭއްވުމަށް  ހަމަޖެހިފައިވަނީ، 2016 މާރިޗު 20 އާއި 24 އާ ދެމެދުގައެވެ. ތަނާއި ތާރީޚު، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އަންގާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 14 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، މާލެއަތޮޅު ދިއްފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6640071 ނަންބަރު ފޯނާއެވެ.

- ފެކުހާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

22 ޖުމާދަލްއޫލާ 1437

02 މާރިޗު 2016
ހޯދާ