ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

މި ސްކޫލުގެ ނަންބަރު: IUL)GS-59-B/PRIV/2016/4) އިޢުލާނުގައި އަންދާސީހިސާބު ހުށަހެޅުމަށް ދެވިފައިވާ ތާރީޚަކީ ޞައްޙަ ތާރީޚަކަށްނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

2016 ވަނަ އަހަރުގެ މާރިޗު 15 ވަނަ ދުވަހުން ފެށިގެން 2016 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 2 ވާ ބުދަ ދުވަހުގެ 10:30 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7782218 ނަންބަރާ ގުޅުއްވުން އެދެމެވެ.

8 ޖުމާދަލްއޫލާ 1437

17 ފެބުރުވަރީ 2016
ހޯދާ