ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް އަދި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ކުދިން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް އަދި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން 26 ނޮވެންބަރު 2015 ގައި ކުރެވުނު ނަންބަރު GS-090-HH/2015/41 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ލައިބްރަރީގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6520555 އާ ގުޅުއްވުން އެދެމެވެ.

08 ފެބުރުވަރީ 2016
ހޯދާ