ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އިޢުލާނުގައި ވާ ފާމަސީތަކަށް ދެ އަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

ތިރީގައި މިވާ މަޤާމުތަކަށް ދެ އަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަސައްކަތްކުރަންޖެހޭ ތަން

އަސާސީ މުސާރަ

ޢަދަދު

މަޤާމު

އެސް.ޓީ.އޯ ނ.މަނަދޫ ފާމަސީ

 -/5380ރ

1

ޑިއުޓީ އިންޗާރޖް

 -/4350ރ

2

ފާމަސިސްޓް

އެސް.ޓީ.އޯ ރ.ކިނޮޅަސް ފާމަސީ

 -/3380ރ

2

ފާމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ ރ.ވާދޫ ފާމަސީ

 -/3380ރ

1

ފާމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ ރ.އަނގޮޅިތީމު ފާމަސީ

 -/3380ރ

1

ފާމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ ރ.އުނގޫފާރު ފާމަސީ

 -/4350ރ

3

ފާމަސިސްޓް

އެސް.ޓީ.އޯ ރ.މަޑުއްވަރީ ފާމަސީ

 -/3380ރ

1

ފާމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ ޅ.ނައިފަރު ފާމަސީ

 -/5380ރ

1

ޑިއުޓީ އިންޗާރޖު

 -/4350ރ

2

ފާމަސިސްޓް

އެ.ސް.ޓީ.އޯ ކ.ހުރާ ފާމަސީ

 -/3380ރ

1

ފާމަސީ އެސިސްޓަންޓް

އެ.ސް.ޓީ.އޯ ކ.ގުޅި ފާމަސީ

 -/4350ރ

1

ފާމަސީ އެސިސްޓަންޓް

 

1. ޑިއުޓީ އިންޗާރޖް

މަޤާމުގެމަސްއޫލިއްޔަތު

  •  ސްޓާފުންނަށް ޓްރެއިިނިންގް ދިނުމާއި ސުޕަރވައިޒް ކުރުން
  • ސްޓޮކް މެނޭޖްކުރުން
  • ރިޕޯޓު ތައްޔާރުކުރުން
  • ފާމަސީގެ ދުވަހުގެ މަސައްކަތްތައް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހިންގޭތޯ ބަލަނި މޮނީޓަރ ކުރުން
  • ފާމަސީއަށް އަމާޒުވާ ޝަކުވާތައް ބަލައި އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން

ތަޢުލީމާއި ތަޖުރިބާ

  • މެނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެއަށްވެރެ މަތީ ސަނަދެއް ލިބިފައިވުން

2. ފާމަސިސްޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން
  • ބޭހުގެ ތަފުސީލު އަދި ބޭސް ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށްފަހު ބޭސް ދޫކުރުން
  • ހަރުގަނޑުތަކުގައި ބޭސް އެތުރުން
  • ޑިޕާޓްމަންޓުގެ ގަވާއިދުތަކާ އެއްގޮތަށް ފާމަސީގެ ލިޔެކިޔުންތައް ތައްޔާރުކުރުން
  • މުއްދަތު ހަމަވާ ބޭސްތައް ބަލައި ރިޕޯޓު ތައްޔާރުކުރުން

 ތަޢުލީމާއި ތަޖުރިބާ

  • އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން

3. ފާރމަސީ އެސިސްޓަންޓް

 މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބިލު ހެދުން

* މުއްދަތު ހަމަވާ ބޭސްތައް ޗެކުކުރުންް

* ރެކުތަކުގައި ބޭސް އެތުރުން

* ކްރެޑިޓް ބިލު ޗެކްކުރުން   

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖްރިބާ

     * ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

އެހެނިހެން ޢިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަމަޖައްސައިދެވޭނެއެވެ.

    އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

  • މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސް ހަމަޖައްސައިދެވޭނެއެވެ.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 15 ވަނަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް / ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް

  •  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  •  ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 / 3344179 ، ފެކުސް: 3344041 ، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑްރެސް: [email protected]

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ