މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ކަމަދޫގައި އާންމު ވިޔަފާރި ކުރުމަށާއި ޞިނާޢީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ބ. ކަމަދޫގައި އާންމު ވިޔަފާރި ކުރުމަށާއި ޞިނާޢީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ބ. ކަމަދޫ ބަނދަރުން އާންމު ވިޔަފާރި ކުރުމަށް ބިން ދޫކުރެވިފައިވާ ސަރަހައްދުގައިވާ ހުސް ބިމުން 600 (ހަ ސަތޭކަ) އަކަފޫޓުގެ 01 ބިމާއި، ބ. ކަމަދޫގެ ޞިނާޢީ މަސައްކަތް ކުރުމަށް ބިން ދޫކުރެވިފައިވާ ސަރަހައްދުން 1200 (ބާރަ ސަތޭކަ) އަކަފޫޓުގެ 7 ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިކަމަށް އެދި ސިޓީ ހުށަހެޅޭނެ ތާރީޚަކީ 2016 ފެބުރުވަރީ 3 ވާ ބުދަދުވަހުން ފެށިގެން 2016 ފެބުރުވަރީ 10 ވާ ބުދަދުވަހުގެ 14:00 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިކަމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި، ކުލީ ބިމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުއްވުމަށް ބ. ކަމަދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

ކުލީ ބިމަށް އެދި ފޯމު ހުށަހެޅުއްވުން

މަޢުލޫމާތު ސާފުކުރެއްވުން

2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 11:00 އަށް

2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

މިކަމަށް އެދި ފޯމު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ މަޢުލޫމާތު ލިބިގަންނަ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ޝައުޤުވެރިކަމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ފުރިހަމަ ނުވާ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6600051 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016
ހޯދާ