ގުރައިދޫ ޞިއްޙީ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ރިސެޕްޝަން ކައުންޓަރެއް ޖަހަން ބޭނުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަރުކަޒަށް ރިސެޕްޝަން ކައުންޓަރެއް އަމިއްލަ ތަކެތީގައި މިތަނުން ދައްކާ ނަމޫނާއާ އެއްގޮތަށް ޖަހައިދެއްވަން ބޭނުންވެލައްވާ ފަރާތްތަކުން 08 ފެބުރުވަރީ 2016ވާ ހޯމަދުވަހުގެ 11:00އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ފެބުރުވަރީ 2016 ވާ އަންގާރަދުވަހުގެ 11:00އަށް މި ހެލްތު ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.  

26 ޖަނަވަރީ 2016
ހޯދާ