މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރި ރަޖިސްޓަރީ ފެންނާނެހެން ބެހެއްޓެވުން

ވިޔަފާރިކުރާ ތަންތަނާބެހޭ

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިކުރާ ތަންތަނުގައި، އާންމުންނަށް ފެންނާނެ ގޮތަށް ވިޔަފާރި ރަޖިސްޓަރީ ބަހައްޓާފައި ހުންނަންވާނެއެވެ. ރަޖިސްޓަރީ ނުކޮށް ވިޔަފާރި ކުރާ ފަރާތްތަކާމެދު، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.  

ވީމާ، ވިޔަފާރިކުރާ ތަންތަނުގައި މި މިނިސްޓްރީން ދޫކޮށްފައިވާ ރަޖިސްޓަރީ (ސެޓްފިކެޓް) ފެންނާނެ ގޮތަށް އެ ތަނެއްގައި ބެހެއްޓުމަށް ދަންނަވަމަވެ.

މިގޮތަށް ޢަމަލު ނުކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ އަދި ހުއްދަ ބާޠިލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

21 ޖަނަވަރީ 2016
ހޯދާ