މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓް، ވަޅޯމަސް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކުން މަނާ ތަކެއްޗާބެހޭ

ލޯކަލް މާރުކޭޓް، ވަޅޯމަސް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކުން މަނާ ތަކެއްޗާބެހޭ

ދަތުރުވެރިންގެ މާރުކޭޓް އަދި ވަޅޯމަސް މާރުކޭޓަކީ، ދިވެހިރާއްޖޭގައި އުފައްދާ ތަކެތި ވިއްކުމަށް ޚާއްޞަކުރެވިފައިވާ ތަންތަނެވެ. ވީމާ، މިއިން އެއްވެސް ތަނެއްގައި، ދިވެހި އުފެއްދުންތައް ފިޔަވައި، އެހެން މުދާ ވިއްކުމަކީ މަނާކަމެކެވެ.

މިއިން އެއްވެސް މާރުކޭޓެއްގައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

18 ޖަނަވަރީ 2016
ހޯދާ